ރަށުގެ މައުލޫމާތު
ހއ. މާރަންދޫ އަކީ ހާ އަލިފު އަތޮޅުގެ ރަށެއްކަމަށްވާ މާރަންދޫއެވެ. މިރަށަކީ ވަރަށް މާ ރަންދުލެކެެވެ. މިރަށުގެ ބޮޑުމިނަކީ 600000 އަކަމީޓަރެވެ.
ފާހަގަ ކުރެވޭ ޚާއްޞަ ކަންކަން
މިރަށުގެ ޚާއްޞަ ކަންކަމުގެ ތެރޭގައި ވަރަށް ފާހަގަ ކޮށްލެވޭ ކަންކަން ހިމެނެއެވެ. އޭގެ ތެރޭގައި ވަރަށް މީހުން ހައިރާކުރަނިވި ގަސްތަކާއި ރުއްތައް ހިމެނެއެވެ. މީގެ އިރުރުން ފާރުތަކާއި ބިންމައްޗާއި ވިނަތަކަށް ޚާއްޞަ ސަމާލުކަމެއް މީހުން ދެމުންދެއެވެ. ސަބަބަކީ އޭއްޗިހީގެ ތަފާތުކަމާއި ހުރި ފައިދާގެ ބޮޑުކަމުންނެވެ.
މިސްކިތްތައް
މިރަށުގައި ހުންނަނީ ދެ އަވަށެވެ. ކޮންމެ އަވަށެއްގައި 3 މިސްކިތް ހުރެއެވެ.
އަސުރު މިސްކިތަކީ މައި މިސްކިތެވެ. އެހެން ކަމުން ހުކުރުވެސް ކުރަނީ އެ މިސްކިތުގައެވެ.
ރަށުގެ ގަސްގަހާގެހި
ގަސްތަކާއި ރުއްތައް ވަރަށް ގިނައެވެ.
ރަށުގެ ޝަހުސިއްޔާތު
ފާހަގަކޮށްލެވޭ ޝަހުސުންގެ ތެރޭގައި ކުޑަތުއްތުއާއި ބޮޑުތުއްތު ހިމެނެއެވެ. މިބޭފުޅުން ފާހަގަ ކޮށްލެވެނީ އެބޭފުޅުން ދީނަށް ކުރާ ޚިދުމަތާއި ރަށުގެ ތަރައްގީއަށް ކުރާ ހިއްވަރުގެ ސަބަބުންނެވެ.
ވިޔަފާރިތައް (ހޮޓަލާއި ފިހާރަތައް)
މިރަށުގައި ހުންނަނީ ދެ ފިހާރައެވެ. އެ ދެފިހާއަކީ ވެސް ކުޑަތުއްތުގެ ދެފިހާރައެވެ.
މިރަށުގައި ހޮޓަލެއް ނީންދެއެވެ. ނަމަވެސް އުތުރު ފިހާރައިން ކޮފީ ލިބެން ހުރެއެވެ.
ޖަމްޢިއްޔާ ޖަމާޢަތްތައް
އެއްވެސް ޖަމާޢަތެއް ނޯވެ.
ހަރަކާތްތައް
މިރަށުގައި ހިންގޭ ހަރަކާތްތަކުގައި އިސްވެ އުޅުއްވާނީ ކުޑަތުއްތު އާއި ބޮޑުތުއްތުއެވެ. މިރަށަށް އެކި ފަހަރުމަތިން އެކި ބޭންޑުތަކާއި ޢިލްމުވެރިން ގެނެވުނެވެ. އޭގެތެރޭގައި ތިރީ މިދަންނަވާ ފަރާތްތަށް ހިމެނެއެވެ.
1. ސަން ބޭންޑު
2. ޝައިޚް ސަލީމް
3. ޝައިޚް ކަރީމް
ދީނީ ހަރަކާތްތައް
ދީނީ ހަރަކާތްތައް ބޭއްވުމަށް އެކީ ޝައިޚުން ގެނެވުނެއެވެ. އޭގެ ތެރޭގައި ތިރީ މިދަންނަވާ ފަރާތްތަށް ހިމެނެއެވެ.
1. ޝައިޚާ ސަލްމާ
2. ޝައިޚް ސަލީމް
3. ޝައިޚް ކަރީމް
ދަތުރު ފަތުރުގެ ނިޒާމުތައް
އާރު.ޓީ.އެލް ގެ ޚިދުމަތް މިރަށަށް ލިބެއެވެ.